close
BERJAYA

ނިއު އަތުން މާޒިޔާ މޮޅުވީ "ރަނގަޅު ފުޓްބޯޅަ މެޗެއް" ކުޅެގެން: ހެނާންޑޭޒް

Feb 21, 2026, 6:46 AM
ނިއު އަތުން މާޒިޔާ މޮޅުވީ "ރަނގަޅު ފުޓްބޯޅަ މެޗެއް" ކުޅެގެން: ހެނާންޑޭޒް

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވި މެޗަކީ، "ރަނގަޅު ފުޓްބޯޅައެއް" ފެނިގެންދިޔަ މެޗެއް ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ދެ ވަނަ ހާފުގައި ނިއު އިން ނުކުމެ 2-2 އިން އެއްވަރުކުރިއިރު، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ނިއު އަތުން 4-3 އިން މާޒިޔާ މޮޅުވެ، ފައިނަލަށް ދަތުުރުކޮށް، ތަށި ދިފާއުކުރުމުގެ ފުރުސަތު ހޯދީ އެވެ.

މެޗަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، ހެނާންޑޭޒް ބުނެފައިވަނީ، މި ކަހަލަ ރަނގަޅު މެޗަކުން މޮޅުވުމުގެ ހިތްހަމަޖެހުން ބޮޑު ކަމަށާއި މެޗު ދިޔަ ގޮތަށް ބަލާއިރު، ފުރަތަމަ ހާފުގައި މާޒިޔާ އިން ދެ ގޯލު ޖަހައި، ދެ ވަނަ ހާފުގައި، ސަމާލުކަން ގެއްލުނު ވަގުތުތަކެއްގައި ގޯސްތަކެއް ހެދިގެން އެ ޓީމު ކޮޅަށް ދެ ގޯލު ވަނީ ކަމަށެވެ.

"ދެ ވަނަ ހާފު ފަށައިގެން އެ މީހުން (ނިއު ރޭޑިއަންޓް އިން) ހަތަރު ކުޅުންތެރިން އެޓޭކަށް ލައިގެން ކުޅެން ފެށިއިރު، އަހަރެމެންނަށް ރިއެކްޓް ކުރެވުނީ ފަހުން، ދެން، ދެ ވަނަ ގޯލަކީ އަހަރެމެންގެ މިސްޓޭކެއް. މިއީ، ފުޓްބޯޅަ. އަހަރެމެން ފުރަތަމަ ހާފުގައި ގޯލުތައް ޖެހީ، ދެ ވަނަ ހާފުގައި އެ މީހުން ގޯލު ޖެހީ، މިއީ، މި މުބާރާތަށް ރަނގަޅު މެޗެއް. ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ފައިދާކުރާނެ މެޗެއް. އެއީ ވަރަށް އަވަހަށް ގައުމީ ޓީމުުގެ މެޗެއް ވެސް އެބައޮތް،" ހެނާންޑޭޒް ބުންޏެވެ.

އަންގާރަ ދުވަހު ކުޅޭ ފައިނަލުގައި މާޒިޔާއާ ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީ ފައިނަލުގައި، ބުރު ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ.

"އަހަރެން އުންމީދު ކުރަނީ ވަރަށް ރަނގަޅު ފުޓްބޯޅަ މެޗެއް އެ މެޗުގައި ވެސް ފެންނާނެ ކަމަށް. ކުޅުންތެރިންގެ ރަނގަޅު ކުޅުން ފެންނަ ވާދަވެރި މެޗަކަށް. ދެން، އެ ތަނުން ކޮންމެ ޓީމެއް މޮޅުވިޔަސް، މަރުހަބާ ކިޔަން ތައްޔާރު،" ފައިނަލުގައި ޖެހޭނެ ޓީމަކާ ބެހޭގޮތުން ސުވާލުކުރުމުން ހެނާންޑޭޒް ބުންޏެވެ.

މާޒިޔާއާ ހަވާލުވި ފަހުން ހެނާންޑޭޒް ވަނީ، އެ ޓީމަށް މެއި މަހުގެ އެފްއޭއެމް ލީގު ކަޕާއި އެފްއޭ ޗެރިޓީ ޝީލްޑާއި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މި ހުރިހާ ކަމެއް ހާސިލްކުރީ މެޗަކުން ބަލިނުވެ އެވެ.

ހެނާންޑޭޒް ބުނީ، ހަގީގަތުގައި މިއީ ވަރަށް ބުރަކޮށް މަަސައްކަތްކޮށްގެން ހާސިލްކުރެވޭ ކަމެއް ކަމަށާއި އުންމީދަކީ މި ގޮތުގައި ފައިނަލަށް ނުކުމެ އެ މެޗުގައި ވެސް ކާމިޔާބު ހޯދުން ކަމަށެވެ.

ފައިނަލަށް ނުކުންނައިރު މާޒިޔާ އަށް ލިބޭނެ ހިތްހަމަޖެހުމަކީ، އިދިކޮޅަށް ކުޅެން ނުުކުންނަ ޓީމަކަށް ވުރެން އިތުރު އެއް ދުވަސް ރިކަވަރީ އަށް ލިބޭނެތީ ކަމަށް ކޯޗު ހެނާންޑޭޒް ވަނީ ބުނެފަ އެވެ.

ކޮމެންޓް

BERJAYA

ފަހުގެ ޚަބަރު

BERJAYA

މިސްރު ކޯޗުގެ ތުުހުމަތެއް؛ ފީފާ އިން ބޭނުންވީ މެސީ ކުރިއަށްދާން

ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އަތުން މިސްރު ބަލިވި މެޗުގައި ރެފްރީގެ ނިންމުންތައް ހުރީ ނާއިންސާފުކޮށް ކަމަށް ބުނެ މިސްރުގެ ކޯޗު ހޮސާމް ހަސަން ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ތުހުމަތުކުރި ގޮތުގައި ފީފާ އިން ބޭނުންވަނީ މެސީ އާއި އާޖެންޓީނާ މުބާރާތުގައި ކުރިއަށްދިއުމަށް

BERJAYA

މިސްރު ބަލިކޮށް ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާ ކުއާޓާ އަށް

މިސްރުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށް އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މިސްރުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ފަހު ވަގުތު އާޖެންޓީނާގެ ތަޖުރިބާކާރު ކުޅުންތެރިން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލަނޑުތައް ޖަހައި ނަތީޖާ އަނބުރާލާފައި

BERJAYA

މާޒިޔާ ކޮކީ އަށް ސާފްގެ ހިންގާ ކޮމިޓީގެ މެމްބަރުކަން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ހިންގާ ކޮމިޓީގެ މެމްބަރުކަން މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) އަށް ވަނީ ކަށަވަރުވެފައި. މި މަގާމު އޭނާއަށް ލިބުނީ ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، ކޮންމެ މަގާމަކަށް ވެސް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައިވާތީ އިންތިހާބަކާ ނުލައި.

BERJAYA

މިއީ ރިޓަޔަކުރަން ނިންމަން ރަނގަޅު ވަގުތެއް ނޫން: ރޮނާލްޑޯ

ވޯލްޑް ކަޕުން ޕޯޗުގަލް ކެޓި ނަމަވެސް، މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމަންވީ ވަގުތު ނޫން ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި. އޭނާ ބުނީ ޖަޒުބާތުގައި ޖެހިގެން ގޮތް ނިންމަން ބޭނުންނުވާ ކަމަށާއި، ވޯލްޑް ކަޕެއް ނުލިބުނަސް ޕޯޗުގަލްއާއެކު ހޯދާފައިވާ ކާމިޔާބީތަކާ މެދު ހިތްހަމަޖެހޭ ކަމަށް.

BERJAYA

ބެލްޖިއަމުން އެމެރިކާ ކަޓުވާލައި ކުއާޓާގައި ސްޕެއިނާ ދެކޮޅަށް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި އެމެރިކާ 4-1 އިން ބަލިކޮށް ބެލްޖިއަމް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މި ނަތީޖާއާއެކު މުބާރާތް ބާއްވާ ތިން ގައުމުވެސް ކަޓާފައިވާއިރު، ކުއާޓާގައި ބެލްޖިއަމް ބައްދަލުކުރާނީ ސްޕެއިނާ.

BERJAYA

މާޓިނޭޒް، ޕޯޗުގަލްގެ ކޯޗުކަމުން އިސްތިއުފާދީފި

ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ސްޕެއިން އަތުން ބަލިވެ މުބާރާތުން ކެޓުމާ ގުޅިގެން، ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓީނޭޒް މަގާމުން އިސްތިއުފާދީފި. މާޓީނޭޒް ބުނި ގޮތުގައި އޭނާ އިސްތިއުފާދިނީ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ކަނޑައެޅި އަމާޒަށް ވާސިލްނުވެވުމުން.

BERJAYA

ފަހު ވަގުތު ސްޕެއިން އަތްދަށުވެ ޕޯޗުގަލް ވޯލްޑް ކަޕުން ކަޓައިފި

މެޗުގެ އިތުރު ވަގުތުގައި މިކޭލް މެރީނޯ ޖެހި ގޯލުން 1-0 އިން ޕޯޗުގަލް ބަލިކޮށް، ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މިއާ އެކު، ޕޯޗުގަލްއާ އެކު، ވޯލްޑް ކަޕް ކާމިޔާބުކުރަން ރޮނާލްޑޯ ކުރި މަސައްކަތް ހަ ވަނަ ވޯލްޑް ކަޕަށް ފަހު ވެސް ވަނީ ކާމިޔާބުނުވެފައި.

Newsletter

Get the latest news delivered straight to your inbox