close
BERJAYA

ދަގަނޑޭ، ހަންނަ އަދި އިރޭ ވެސް ނިއު އަށް

Aug 26, 2025, 6:05 PM
ނިއު ރޭޑިއަންޓަށް ބަދަލުވި ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ނިއު ރޭޑިއަންޓަށް ބަދަލުވި ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އާ ސީޒަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ވަރުގަދަ ކުރުމުގެ ގޮތުން، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އައި މުހައްމަދު އިރުފާން (އިރޭ) އާއި ހަސަން ރާއިފް (ހަންނަ)ގެ ސޮއި ހޯދައިފި އެވެ.

ނިއު އިން މިރޭ އެ ޓީމާ ގުޅުނު ކުޅުންތެރިން އިއުލާނުކުރި އިވެންޓް ބޭއްވީ ދިމްޔާތުގަ އެވެ.

މީގެ ތިން މަސް ކުރިން، ނިއު އިން ވަނީ ދަގަނޑޭ އެ ކްލަބާ ގުޅުނުކަން އިއުލާނުކޮށްފަ އެވެ. ދަގަނޑޭ ވަނީ މީގެ ކުރިން، ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ، އެ ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.

ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި ދަގަނޑޭ، އެންމެ ފުރަތަމަ، ނިއު އަށް ކުޅުނީ 2006-2007 ގަ އެވެ. އޭގެ ފަހުން، ދެ ވަނަ ފަހަރަށް، 2012-2013 އަށް ނިއުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެންމެ ފަހުން، ނިއު ޖޯޒީގައި ދަގަނޑޭ ފެނުނީ، 2017-2018 ގަ އެވެ.

ދަގަނޑޭގެ އިތުރުން، ހަތަރު ވަނަ ފަހަރަށް ނިއު އަށް ބަދަލުވި ކުޅުންތެރިއަކީ އަލީ ފާސިރު (ސެންޓޭ) އެވެ. މާޒިޔާގެ ކޮންޓްރެކްޓް ހަމަވުމުން، ސެންޓޭ ވެސް ވަނީ ނިއު އަށް ސޮއިކޮށްފަ އެވެ. މާޒިޔާ އަށް 12 އަހަރު ކުޅެދިން އިރޭ އެ ކްލަބް ދޫކޮށްލައި، ނިއު އަށް ބަދަލުވިއިރު، ކުރިން އީގަލްސް އަށް ކުޅުނު ހަންނަ ވެސް މި ވަނީ، ކެރިއަރުގައި ކުޅޭ ތިން ވަނަ ކްލަބަކަށް ނިއުގެ ޖޯޒީ ލާން ތައްޔާރުވެފަ އެވެ.

މި ކުޅުންތެރިންގެ އިތުރުން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅުނު އަހުނަފް ރަޝީދު (އަހުއްކޮ) އާއި މުހައްމަދު ނިޒާމް (ޕީކޭ) ވެސް ވަނީ ނިއުއާ ގުޅިފަ އެވެ. ކުރިން އިއުލާނުކުރި ގޮތަށް ނިއުގެ ކޯޗުކަމާ ހަވާލުވެފައިވަނީ، އަލީ ސުޒޭން އެވެ. މިއީ، ނިއުގެ އެންމެ ވާދަވެރި ޓީމު، ވިކްޓަރީގެ ބެންޗުން ފެނުނު ސުޒޭން ނިއުއާ ހަވާލުވި ފުރަތަމަ ފަހަރެވެ.

BERJAYA

ނިއުއާ އެކު ސޮއިކުރުމަށް ފަހު ސުޒޭން ފޮޓޯ އަކަށް ހުއްޓިލައިގެން.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

ނިއު އިން ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ޖާގައިގައި ވާދަކުރާނެ ކަމުގެ ފުރުސަތު ބޮޑެވެ.

ސަސް އިން މި މަހު 23 ވަނަ ދުވަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރެެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އަދި، އެ ކްލަބުން ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މާލީ ހާލަތު ހުރި ގޮތުން ވާދަކުރެވެން ނެތް ކަމަށެވެ. އެފްއޭއެމް އިން ބުނެފައިވަނީ، ސަސްގެ މި ނިންމުމާ އެކު، އެ އެސޯސިއޭޝަންތަކުގެ މުބާރާތުގެ ގަވާއިދުގެ މަތިން ސަސްއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ސަސްގެ މި ނިންމުމަކީ ނިއުއާ އެކު ވާހަކަ ދެކެވިގެން ދެ ކްލަބްގެ މެދުގައި ހެދޭ "ޑީލެއް"ގެ ތެރެއިން ނިއު ފުރަތަމަ ޑިވިޝަނަށް ގެންނަން ކުރެވޭ ކަމެއް ކަމަށް މި ކަމުގެ މައުލޫމާތު ހުރި ފަރާތަކުން ވަނީ ބުނެފަ އެވެ.

ދިވެހި ޕްރިމިއާ ލީގު 2025/26 ގެ ގަވާއިދުގެ 12.2 ގައިވާ ގޮތުން، ލީގަށް ކޮލިފައިވާ ޓީމެއް މުބާރާތުގެ ކުޅުން ފެށުމުގެ ކުރިން މުބާރާތުން ވަކިވެއްޖެނަމަ، ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރެވެ އެވެ. އަދި، މުބާރާތުން ވަކިވި ޓީމެއްގެ ޖާގަަ އަށް ދެ އެ ރީޖަނަލް ލީގުގެ އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމަށް ފުރުސަތު ދިނުމާ މެދު އެފްއޭއެމް ހިންގާ ކޮމިޓީން ގޮތެއް ނިންމަންވާނެ އެވެ.

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ. އެ މުބާރާތުގެ ތިން ވަނަ ހޮވާ މެޗެއް ކުޅެފައިނުވާތީ، ސީދާ ތިން ވަނަ ޓީމެއް ކަނޑައަޅައިފައިނުވެ އެވެ. ސެމީ ފައިނަލްގެ ނަތީޖާ ތަކަށް ބަލާއިރު، ވިކްޓަރީން ނިއު ބަލިކުރީ 2-0 އިންނެވެ. އަދި، އޮޑިން ވަނީ ޓެންޓް ސްޕޯޓްސް ކްލަބް އަތުން 5-1 އިން މޮޅުވެފަ އެވެ. ނިއު ފުރަތަމަ ޑިވިޝަނަށް ގެންނަން އެ ޓީމަކީ، ތިން ވަނަ ޓީމު ކަމަށް ކަނޑައަޅަނީ މި ނަތީޖާތަކަށް ބަލައިގެންނެވެ.

އެފްއޭއެމް އިން 2019 ވަނަ އަހަރު ޖެނުއަރީ މަހު ނިއު ސަސްޕެންޑްކުރަން އެންމެ ފުރަތަމަ ނިންމީ އޭރު އޮތް އެފްއޭއެމްގެ ހިންގާ ކޮމިޓީންނެވެ. އެއީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގަ އެވެ. ފަހުން، އެފްއޭއެމްގެ ކޮންގްރެސް އިން އެ ސަސްޕެންޝަން ދަމަހައްޓަމުން އައިއިރު، 2022 ވަނަ އަހަރު ސަސްޕެންޝަނުން ސަލާމަތްވެ އެނބުރި އަ އެވެ. އަދި، ދެ ސީޒަނެއްގެ ދެ ވަަނަ ޑިވިޝަނުގައި ކުޅެގެން ވެސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްނުވި އެވެ. ސަސް ފުރަތަމަ ޑިވިޝަނުން ވަކިވުމުން ނިއު އަށް ހުޅުވިފައި މި އޮތް ފުރުސަތުގައި، އެ ޓީމު ފުރަތަމަ ޑިވިޝަނަށް ގެނައުމުގެ ބާރު މިހާރު އޮތް އެފްއޭއެމް ހިންގާ ކޮމިޓީ އަށް ލިބިގެންވާއިރު، އެ ކޮމިޓީގައި ނިއުގެ ބާރު އެބައޮތެވެ.

ނިއު އަށް މިދިޔަ ނޮވެމްބަރު މަހު އިންތިހާބުވި، ހިންގާ ބޯޑުގެ ސީނިއާ ވައިސް ޗެއާމަނުންގެ މަގާމުގައި ތިއްބެވި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އިބްރާހިމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އަދި އެފްއޭއެމްގެ ނައިބު ރައީސް، މުޖުތަބާ ޖަލީލް (މުޖޭ) އަކީ އެފްއޭއެމްގެ ވެސް ނައިބު ރައީސުންނެވެ.

ކޮމެންޓް

BERJAYA

ފަހުގެ ޚަބަރު

BERJAYA

މިސްރު ކޯޗުގެ ތުުހުމަތެއް؛ ފީފާ އިން ބޭނުންވީ މެސީ ކުރިއަށްދާން

ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އަތުން މިސްރު ބަލިވި މެޗުގައި ރެފްރީގެ ނިންމުންތައް ހުރީ ނާއިންސާފުކޮށް ކަމަށް ބުނެ މިސްރުގެ ކޯޗު ހޮސާމް ހަސަން ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ތުހުމަތުކުރި ގޮތުގައި ފީފާ އިން ބޭނުންވަނީ މެސީ އާއި އާޖެންޓީނާ މުބާރާތުގައި ކުރިއަށްދިއުމަށް

BERJAYA

މިސްރު ބަލިކޮށް ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާ ކުއާޓާ އަށް

މިސްރުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށް އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މިސްރުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ފަހު ވަގުތު އާޖެންޓީނާގެ ތަޖުރިބާކާރު ކުޅުންތެރިން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލަނޑުތައް ޖަހައި ނަތީޖާ އަނބުރާލާފައި

BERJAYA

މާޒިޔާ ކޮކީ އަށް ސާފްގެ ހިންގާ ކޮމިޓީގެ މެމްބަރުކަން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ހިންގާ ކޮމިޓީގެ މެމްބަރުކަން މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) އަށް ވަނީ ކަށަވަރުވެފައި. މި މަގާމު އޭނާއަށް ލިބުނީ ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، ކޮންމެ މަގާމަކަށް ވެސް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައިވާތީ އިންތިހާބަކާ ނުލައި.

BERJAYA

މިއީ ރިޓަޔަކުރަން ނިންމަން ރަނގަޅު ވަގުތެއް ނޫން: ރޮނާލްޑޯ

ވޯލްޑް ކަޕުން ޕޯޗުގަލް ކެޓި ނަމަވެސް، މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމަންވީ ވަގުތު ނޫން ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި. އޭނާ ބުނީ ޖަޒުބާތުގައި ޖެހިގެން ގޮތް ނިންމަން ބޭނުންނުވާ ކަމަށާއި، ވޯލްޑް ކަޕެއް ނުލިބުނަސް ޕޯޗުގަލްއާއެކު ހޯދާފައިވާ ކާމިޔާބީތަކާ މެދު ހިތްހަމަޖެހޭ ކަމަށް.

BERJAYA

ބެލްޖިއަމުން އެމެރިކާ ކަޓުވާލައި ކުއާޓާގައި ސްޕެއިނާ ދެކޮޅަށް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި އެމެރިކާ 4-1 އިން ބަލިކޮށް ބެލްޖިއަމް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މި ނަތީޖާއާއެކު މުބާރާތް ބާއްވާ ތިން ގައުމުވެސް ކަޓާފައިވާއިރު، ކުއާޓާގައި ބެލްޖިއަމް ބައްދަލުކުރާނީ ސްޕެއިނާ.

BERJAYA

މާޓިނޭޒް، ޕޯޗުގަލްގެ ކޯޗުކަމުން އިސްތިއުފާދީފި

ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ސްޕެއިން އަތުން ބަލިވެ މުބާރާތުން ކެޓުމާ ގުޅިގެން، ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓީނޭޒް މަގާމުން އިސްތިއުފާދީފި. މާޓީނޭޒް ބުނި ގޮތުގައި އޭނާ އިސްތިއުފާދިނީ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ކަނޑައެޅި އަމާޒަށް ވާސިލްނުވެވުމުން.

BERJAYA

ފަހު ވަގުތު ސްޕެއިން އަތްދަށުވެ ޕޯޗުގަލް ވޯލްޑް ކަޕުން ކަޓައިފި

މެޗުގެ އިތުރު ވަގުތުގައި މިކޭލް މެރީނޯ ޖެހި ގޯލުން 1-0 އިން ޕޯޗުގަލް ބަލިކޮށް، ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މިއާ އެކު، ޕޯޗުގަލްއާ އެކު، ވޯލްޑް ކަޕް ކާމިޔާބުކުރަން ރޮނާލްޑޯ ކުރި މަސައްކަތް ހަ ވަނަ ވޯލްޑް ކަޕަށް ފަހު ވެސް ވަނީ ކާމިޔާބުނުވެފައި.

Newsletter

Get the latest news delivered straight to your inbox